ކުއްޅަވައް

ކުއްޅަވައް އަކީ ބިޔަގަހެއްގައި އަޅާ ހުތް ކިހަސް މޭވާ އެކެވެ. މިހުންނަނީ މަތީގައި ބޮޑު ތާފަތެއް ލާފައި، ފުލުގައި ބޮޑުު ނަގުލަށް ހުންނަ ނަރެއް ލައިފައެވެ. ކުއްޅަވައް ގަހަކީ އާންމުކޮށް ފާފަލުގައި ހެދޭ ގަހެކެވެ. ކުއްޅަވައް އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް އެންޓި އޮކްސިޑެންޓް ތައް: ކުއްޅަވައް ގެ ބައެއް ވައްތަރުން ސައިންސްވެރިން ވަނީ އެންޓި އޮކްސިޑެންޓް ހޯދާފައެވެ. އެގޮތުން ހޯދާފައިވާ ދެ އެންޓި އޮކްސިޑެންޓް އަކީ ފްލޭވޮނޮއިޑްގެ ދެބާވަތް ކަމުގައިވާ “ލޫޓިއޯލިން”(Luteolin) އަދި “ލޫޓިއޯލިން […]

އިތުރަށް ވިދާޅުވުމަށް

ކުންނާރު

ކުންނާރަކީ ހުތް ފޮނި މޭވާ އެކެވެ. މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ މޭވާ އެކެވެ. ކުންނާރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކުންނާރު ރިހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭކަން ފާހަގަ ކުރެވެއެވެ. ކުންނާރުން ލިބޭ ޞިއްޙީ ފައިދާތައް ވިޓަމިންތަކާއި މަޢުދަންތައް: ކުންނާރުގައި ވަރަށް ގިނަ މަޢުދަންތަކާއި ވިޓަމިންތައް ހުރެއެވެ. އެގޮތުން ކުންނާރުގައި ހުންނަ މައިގަނޑު […]

އިތުރަށް ވިދާޅުވުމަށް

އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ ގުލައިކޯ ޕްރޮޓީން އަކީ އިންފުލުއެންޒާ ވައިރަސް ބަލިޖެއްސުމަށްޓަކައި ބަނޑަހަޖެހުމަށް ބޭނުންކުރާ ބަހާ އެވެ. އަދި ނިއުރަމިނިޑޭސް ނުވަތަ އެން ނަމަކަށްކިޔާ އެންޒައިމަކީ އިންފުލުއެންޒާ ވައިރަސް ވިހައި ގިނަވެ، […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުން

މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]

އިތުރަށް ވިދާޅުވުމަށް

ރޯދަ މަހު ދިމާވެދާނެ ޞިއްޙީ މައްސަލަތަކާ، އެކަންކަން ކުޑަކުރެވިދާނެ ގޮތްތައް

ނޯޓް: މިއީ 6 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ މަހަކީ ވެސް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވެދާނެ މަހެކެވެ. ރޯދަ މަހުގައި ދިމާވާ ޞިއްޙީ މައްސަލަތަކާ އަހަރެމެންގެ ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާ ވަރަށް ގިނަ ފަހަރު ގުޅިފައި އޮންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަ މަހުގައި ދިމާވެދާނޭ ޞިއްޙީ މައްސަލަތަކާއި، އެކަންކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލާލަމާ ހިނގާށެވެ. މަތިންއެރުމާއި، މޭއެންދުން މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހުގައި ބައެއް މީހުންނަށް […]

އިތުރަށް ވިދާޅުވުމަށް

ރޯދަމަހު ކެއުން ބަހައްޓާނޭގޮތް

ނޯޓް: މިއީ 1 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ކުރިޔަށް އޮތީ އެންމެހާ މުސްލިމުތަކުންގެ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއުން ބުއިމަށް ވެސް ބަދަލުތަކެއް ގެނުވާ ދުވަސްވަރެކެވެ. ކެއުމުގެ ވައްޓަފާޅި އާންމު މައްސަރުތަކާ މުޅިން ތަފާތު ވެދެއެވެ. އެހެން ކަމުން ރޯދަ މަހުގައި ވެސް ދުޅަހެޔޮ ގޮތެއްގައި އަޅުގަނޑުމެންގެ ކެއުން ބުއިން ބައްޓަންކޮށް، ސުފުރާ މަތީގައި އަތުރާލެވޭ ކާބޯތަކެތީގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި، ދުޅަހެޔޮ ކާބޯތަކެތި ކަމުގައި ހެދުން […]

އިތުރަށް ވިދާޅުވުމަށް

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް

ނޯޓް: މިއީ 29 މެއި 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ ހިފުމަކީ އޭގެ ސަބަބުން ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ. ރޯދަ ހިފުމަކީ އޭގައި ޞިއްޙީ އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަށް އަށް ހުރުމުން ހަށިގަނޑަށް ތަބީއީ ގޮތުން އަންނަ ބަދަލުތަކާއި، ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ރޯދައަށް ހުރުމަކީ […]

އިތުރަށް ވިދާޅުވުމަށް

ކަރައިވަރު

ކަރައިވަރު(electrolytes) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ. މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަރައިވަރަކީ ލެޔާއި، ހަށިގަނޑުގެ އެހެން ދިޔަވަރުތަކުގެ ތެރޭގައި ކަރަންޓް ދަތުރުކުރުވާ މައުދަންތަކެކެވެ. ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު(cell) ތަކުގެ ތުނާލި(membrane)ން ނުވަތަ ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި […]

އިތުރަށް ވިދާޅުވުމަށް

ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް

ނޯޓް: 2 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ މަހުގައި އެހެން މަސްތަކާ ޚިލާފަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެވެއެވެ. ކޮންމެ ކަހަލަ ކާބޯއެއްޗެއް ރޯދަމަހު ތައްޔާރުކުރި ނަމަވެސް ޞިއްޙަތަށް ފައިދާހުރި ގޮތަކަށް އެއެއްޗެއް ތައްޔާރުކުރެވޭތޯ ބެލުން މުހިއްމެވެ. ހަމައެހެންމެ ބައެއް ކަހަލަ ކާބޯތަކެއްޗާއި، ދުރުހެލިވުމަކީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރޯދަމަހުގެ ކެއުން ބުއިމުގައި ދުރުހެލިވާންޖެހޭ ކާބޯތީގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ. އަހަރެމެންގެ […]

އިތުރަށް ވިދާޅުވުމަށް

ރޯދަމަހު ކަސްރަތުކުރުމާއި، ކުޅިވަރުކުޅުން

ނޯޓް: 1 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރެކެވެ. ނަމަވެސް ރޯދަ މަހުގައި ވެސް އަހަރެމެންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކަސްރަތުކޮށް، އެކި ކުޅިވަރުތައް ކުޅެ އުޅުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަމެވެ. ރޯދަމަހަކީ ގިނައިރު ތަކެއް ވަންދެން ނުކައި ހައިބަނޑާ ރޯދަށް ހުންނަ ދުވަސްވަރަކަށް ވުމުން، ރޯދަ މަހުގެ ތެރޭގައި ކަސްރަތުކުރުމާއި، ކުޅިވަރުކުޅެ ހެދުމުގައި ސަމާލުވާންޖެހޭ ކަންކަމަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި […]

އިތުރަށް ވިދާޅުވުމަށް