މޭ ނުވަތަ މޭގަނޑު

މޭގަނޑު (Liver) ނުވަތަ މެޔަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން (Glycogen) ރައްކާކުރުން، ”ޕްލާޒްމާ ޕްރޮޓީން”(Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ. މޭގަނޑުގެ ބޮޑުބައި އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭމަތި، ގުޅޭ ހިސާބުގައެވެ. […]

އިތުރަށް ވިދާޅުވުމަށް