މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން

މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑުދުވަސްވަރު އައްސިވުން

މާބަނޑު ދުވަސްވަރު – އަތްތިލައާއި، އިނގިލިތައް އައްސިވުން ބަލިވެއިންނަ %70 އަންހެނުންނަށް ދެއަތްތިލައާއި، އިނގިލިތައް އައްސިވުން މާބަނޑުވުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި ކުރިމަތިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް މިކަން ކުރިމަތިވަނީ ބަލިވެއިނުމަށްފަހު، އެންމެ ފަހު6 މަހުގެ ތެރޭގައި ޚާއްޞަކޮށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް އަތްފައި ފޮއްސިވާން ފެށުމަށްފަހުގައެވެ. ސަބަބު މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކަށް ތަދުވެ، ކަށިހަރާހެންހީވެ، އައްސިވުން ކުރިމަތިވަނީ ”ކާޕަލް ޓަނެލް ސިންޑްރޯމް”(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ”ކާރޕަލް ޓަނެލް” […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ހިރުގަނޑުން ލޭއައުން

ހިރުގަނޑުން ލޭއައުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން %50އިންސައްތަ އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ. ސަބަބު މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ރަތްވެ، ދަތްއުގުޅާއިރު ފަސޭހައިން ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ  މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ދިމާވެދާނެ މައްސަލަތައް ހިރުގަނޑު ދުޅަވެ، ހިރުގަނޑުން ލޭއަންނަ މައްސަލައަށް ފަރުވާނުކޮށް ދޫކޮށްލުމަކީ އޭގެ ސަބަބުން ދަތުގެ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު – ވަރުބަލިވުން

މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ބައެއް އަންހެނުންނަށް މާބަނޑުވާ ހިސާބުން ފެށިގެން ގޮސް، ވިހަންދެން ވެސް ވަރުބަލިކަން އިހުސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. އެކި މީހުންނަށް ވަރުބަލިކަން އިހުސާސްވާވަރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ހުރުމަށްފަހު، ދެވަނަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ކުޑަވެ، ފިލައިދާގޮތްވެއެވެ. ނަމަވެސް އަނެއްކާވެސް ފަހު 3 މަހުގެ ތެރޭގައި ވަރުބަލިކަން އިތުރުވާގޮތް […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު – ބޮލުގައި ރިހުން

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިއީ މާބަނޑު އަންހެނުންގެ އެންމެ އާންމު އެއް ޝަކުވާ އެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެންމެ އާންމުކޮށް މާބަނޑު ދުވަސްވަރު ވެސް ކުރިމަތިވަނީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުމެވެ. ސަބަބު ފުރަތަމަ 3 މަހުގައި ބޮލުގައި ރިއްސާ ސަބަބުތައް: ބަލިވެއިނުމާއި ގުޅިގެން […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ނިދިނައުން

މިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ.  މިއީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި މާބަނޑު އަންހެނުންނަށް ރޭގަނޑު ނިދޭ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް ފަހު 3 މަހުގެ ތެރޭގައި މާބަނޑު އަންހެނުންގެ ތެރެއިން %50 މީހުންނަށް ނިދިނައުމުގެ މައްސަލަ (ނިދިމަދުވުން) ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބައެއް ހޯދުންތައް ހެކިދޭގޮތުގައި ބަލިވެއިންނަ ކޮންމެ 10 މީހުންގެ ތެރެއިން 8 […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ބަނޑުހިކުން

މިއީ ބަލިވެއިންނަ %50 އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ. ސަބަބުތައް އާންމު ނަޒަރަކުން ބަލާއިރު، ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން، ހެލިފެލިވެއުޅުން މަދުވުން، އަދި ކާނާގައި ފައިބަރު ހިމެނޭ މިންވަރު މަދުވުމަކީ ބަނޑުހިކުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން

ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50  އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ނޭވާ ކުރުވުން

މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. ސަބަބު މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި […]

އިތުރަށް ވިދާޅުވުމަށް