އަހިވައް

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.

އަހިވަކުން ލިބޭ ޞިއްޙީ ފައިދާތައް

 • ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ހޯދިފައިވާ ގޮތުގައި އަހިވައް ފަނި ބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ ކަމެކެވެ.  2001 ވަނަ އަހަރު ޑިސެމްބަރު މަހުގައި އެނަލްސް އޮފް ދަ ނިއުޔޯރކް އެކަޑަމީ އޮފް ސައިންސް އިން ހާމަކޮށްފައިވާގޮތުގައި، އަހިވަކުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން، އަހިވައް ފަނި ބޭނުންކުރުމުން ކެންސަރުގެ ސެލްތައް އުފެދުމުން ރައްކާތެރި ކޮށް ދެއެވެ. އޭގެ ފަހުން ނިއުޔޯރކްގެ ދަ މެމޯރިއަލް ސްލޯން-ކެޓެރިންގ ކެންސަރ ސެންޓަރ އިންވަނީ މިކަމަށް ބާރުލިބޭ ފަދަ ރިޕޯޓެއް ނެރެފައެވެ. އޭގައި ބުނާގޮތުން ޖަނަވާރުތައް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އަހިވަކުގައި ޓިއުމަރާއި ކެންސަރާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިގެން ވެއެވެ.
 • އަހިވަކުގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަނީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތައް ކަމުގައިވާ ކެރޮޓިނޮއިޑް، އަދި ބަޔޯފްލޭވޮނޮއިޑް ތަކުގެ ސަބަބުންނެވެ. އެގޮތުން ހުންނަ “އެންތްރަކިނޯން”(Anthraquinones) އަދި “ސްކޮޕޯލެޓީން”(Scopoletin) އަކީ ފާހަގަކުރެވޭ ދެ އެންޓި އޮކްސިޑެންޓް އެވެ. މިއީ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވައި، އަދި ކެންސަރުގެ ސެލްތައް ހަށިގަނޑަށް ފެތުރުވުން ހުއްޓުވުމުގައި ދައުރެއްކުޅޭ މާއްދާ ތަކެއްކަންވަނީ ހޯދިފައެވެ.
 • އަހިވައް ޖޫހަކީ ފާރުގަނޑު އަދި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުގައި، ހުންނަ ޖަރާސީމް އަސަރު ދުއްވާލާ އެއްޗެކެވެ. ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޚާއްޞިއްޔަތު އަހިވަކަށް ލިބެނީ އޭގައި ހިމެނޭ އެންތްރަކިނޯން ގެ ސަބަބުންނެވެ. ބުނެވޭގޮތުގައި ސްޓެފައިލޯކޯކަސް(Staphylococcus Eureus) ކިޔާ ޖަރާސީމުން ޖެހޭ ބަލިތައް، އަހިވައް ބޭނުންކޮށްގެން ރަގަޅު ކުރެވިދާނެ އެވެ. އަހިވަކުގައި ހުންތިރިކޮށްދިނުމުގެ ގާބިލްކަން ވެސް ހުރެއެވެ. އެހެންކަމުން ޖަރާސީމް މަރާ ބޭސް އަދި ހުންތިރިކުރާ ބޭސް ބޭނުންކުރުމުގެ ބަދަލުގައި ގޭގައި އަހިވައް ބޭނުންކުރެވިދާނެ ކަމަށް ބުނެއެވެ.
 • ފުރަމޭ ހިމާޔަތްކުރުން: 2008 ވަނަ އަހަރު އަހިވައް ފަންޏަށް އަމާޒުކޮށް ހެދުނު ދިރާސާއެއްގައި މީދާގެ ހަށިގަނޑަށް ފުރަމެޔަށް ގެއްލުންދެނިވި ވިހަ ފޮނުވުނެވެ. އޭގެ ކުރިން މީދާތަކަށްވަނީ އަހިވައް ފަނި ބޯންދީފައެވެ. ދިރާސާއިން ފާހަގަވީ ވިހައިގެ ސަބަބުން ފުރަމެޔަށް ގެއްލުންވެފައިވާ މިންވަރު ދަށްކަމަށެވެ. ފަހުގެ ދިރާސާއެއް ބުނާގޮތުން ފުރަމެޔަށް ގެއްލުންވެފައިވާ މީހުން އަހިވައް ބޭނުންކުރުމަކީ އޭގެ މަންފާ ހަށިގަނޑަށް ލިބޭ ކަމެކެވެ. ނަމަވެސް މިފަދަ އެއްޗެއް އަމިއްލައަށް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
 • ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އަދި ދިފާޢީބާރު ރަގަޅުކުރުން: ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވަކުގައި ތަދުކެނޑުވުމުގެ ޚާއްޞިއްޔަތު ހުރެއެވެ. މިދިރާސާ ހެދި ފަރާތްތަކުން ބުނެފައިވަނީ އަހިވަކުގެ އެކްސްޓްރެކްޓް އަކީ ތަދުކަނޑުވައިދީ، ހުޅުދުޅަވުމުގެ ބަލިތައް ޖެހުމުން ހުޅު ހަލާކުވާ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމުގައެވެ. އެހެން ދިރާސާއެއްގައި ބުނެފައިވަނީ މީދަލަށް އަހިވައް ޖޫސް ދިނުމުން އޭގެ ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުވެފައިވާ ކަމަށް ފާހަގަވާ ކުރެވުނު ކަމަށެވެ. އެހެންކަމުން މިއީ ތަފާތު ބަލިތައް ޖެހިފައިވާ މީހުންނާއި، ދިގުމުއްދަތަށް ބަލިވުމުގެ ސަބަބުން ދިފާޢީ ބާރު ދަށްވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.
 • ގޮހޮރުގެ ފާރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: އަހިވަކުން ގޮހޮރުގެ ފާރަށް އަސަރުކުރާ މިންވަރު އެނގިފައިވަނީ ވަރަށް ކުޑަކޮށެވެ. 4 ފެބުރުއަރީ 2009 ގައި ސައިންޓިފިކް ރިސާރޗް ޖާނަލް ގައި ބުނެފައިވާ ގޮތުން މީދަލަށް އަހިވަކުގެ އެކްސްޓްރެކްޓް ދިނުމުން، ގޮހޮރުގައި ފާރު އުފެދުން ރައްކާތެރިކޮށްދޭ ކަން ވަނީ ފާހަގަ ކުރެވިފައެވެ. މިހެން ދިމާވަނީ އަހިވަކުގެ އެކްސްޓްރެކްޓްގެ ސަބަބުން މައިދާގައި ހުންނަ އެސިޑްގެ މިންވަރު ދަށްވެ، ގޮހޮރުގެ އެތެރޭގެ ބަތާނަ ހިމާޔަތްކުރުމަށްޓަކައި އެއިން ދޫކުރާ ދަވަ އިތުރުވާތީ ކަމަށެވެ.
 • ހަންގަނޑަށްކުރާ ފައިދާ: އަހިވައް ފުރަތަމަ ފާހަގަވެގެންދިޔައީ ހަމުގެ ބަލިތަކަށް ފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ. މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.
 • ދިފާޢީ ނިޒާމަށްކުރާ ފައިދާ: އަހިވައް ޖޫހުގައި ދިފާޢީ ބާރު ރަގަޅުކޮށްދޭ ޚާއްޞިއްޔަތެއް ހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައް އުފެއްދުން އިތުރުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ބާރު އުފެދެއެވެ. މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައް ދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަ ޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.
 • ނޭވާލާ ނިޒާމަށްކުރާ ފައިދާ: ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.
 • ހަޖަމުކުރާ ނިޒާމަށްކުރާ ފައިދާ: ގަވާއިދުން އަހިވައް ފަނި ބުއިމަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ:-
  • ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް މައިދާ އަދި ގޮހޮރަށް ދޫކުރާތީ
  • ފިތުން ބައިލް ދައުރުވުމަށް ބާރުއަޅާތީ
  • ގޮހޮރުގެ ހަރަކާތް އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާތީ
 • މީގެ އިތުރުން ވެސް ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި މައްސަލަތައް ކަމުގައިވާ، ބަނޑުހިކުން، ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލެވުން، ގޮހޮރުގެ ފާރު، ކާނާއަށް ވިހަވުން، ބަނޑުގައި ރިހުން، އަދި ޑިސެންޓްރީ ފަދަ ބޭރަށް ހިންގުމުގެ ވައްތަރު ތަކަށް ފަރުވާކުރުމަށް ވެސް އަހިވަކުގެ ބޭނުން ހިފައެވެ. އަދި މިއީ ގޮހޮރުގައި ހުންނަ ޕެރަސައިޓް ތައް މަރާލާ އެއްޗެކެވެ. ރީނދޫވުމާއި، ފުރަމޭގެ ބަލިތަކުގައި ވެސް އަހިވައް ބޭނުންކުރެއެވެ.
 • ހިތާއިލޭހޮޅިތަކަށްކުރާ ފައިދާ: އަހިވަކުގައި ހިމެނޭ “ސްކޮޕޯލެޓީން” އަކީ ލޭމައްޗަށްދިއުން، ވިންދު އަވަސްވުން، ވިންދު ތަރުތީބުގެއްލުން، އަދި އެހެނިހެން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ ލޭހޮޅިތައް ފުޅާކޮށްލުމުގެ ބާރު ލިބިފައިވާ މާއްދާ އަކަށްވުމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރި ވެއެވެ.
 • ކުޑަކަމުދާ، އަދި ނަސްލުއުފައްދާ ނިޒާމަށްކުރާ ފައިދާ: ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ފަރުވާކުރުމުގެ އިތުރުން، ކޮންމެ ދުވަހަކު އަހިވައް ފަނި ބުއިމަކީ ސިފިލިސް އަދި ކިހުނުވުން ފަދަ، ޖިންސީގުޅުމުން ފެތުރޭ ބަލިތައް ރަގަޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ ޕްރޮސްޓޭޓް ބޮޑުވާ ބަލީގެ ސަބަބުން ޕްރޮސްޓޭޓް ބޮޑުވުމުން، ޕްރޮސްޓޭޓްގެ ދުޅަތިރިކޮށް ހިންދާލުމުގައި ވެސް އެހީތެރިވެދޭ އެއްޗެެކެވެ. އަދި ރަހިމުގައި ގޮށްލުން ކުރިމަތިވުމުން އެކަން ރަގަޅުކުރުމުގައި ވެސް އެހީތެރިވެދެއެވެ. އަދި މިއީ މައްސަރު ކަންތައް ޖެހުމުން ބަނޑުގައި ރިހުން ލުއިކޮށްދީ، މައްސަރުކަންތައް ވަކި އިންތިޒާމަކުން ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
 • ނާރުތަކުގެ ނިޒާމަށްކުރާ ފައިދާ: އަހިވައް ފަނި ބޭނުންކުރުމަކީ އޮޕަރޭޝަންކުރުމުން އަދި ވިހެއުމުން އުފެދޭ ތަދު ލުއިކޮށްދޭ ކަމެކެވެ. “ސިންގަލްސް” ފަދަ ބަލިތަކުގެ ސަބަބުން ނާރަށް ގެއްލުންވެ އުފެދޭ ތަދު ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވައް ފަނި ބުއިމަކީ ސިކުނޑީގައި ހުންނަ “ސިރަޓޮނިން” ގެ ރިސެޕްޓަރ ތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވާ ކަމެކެވެ. ސިރޮޓޮނިން އަކީ ނިދުން ވަކި އިންތިޒާމަކުން ގެންދިއުމަށް އެހީތެރިވެދީ، މާޔޫސްކަމާއި، ހާސްވެ ކަންބޮޑުވުން، ބޮލުގައި ރިހުމާއި، ބޮލުގެ އެއްފަޅީގައި ރިހުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދޭ މާއްދާ އެކެވެ. އަދި ހަދާނުގެ ބަޔަށް އަސަރުކުރާ އެލްޒެއިމާ ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެކެވެ. އަދި ތުރުތުރުއަޅާ ބަލީގެ ސަބަބުން މެދުވެރިވާ ތުރުތުރު އެޅުމުގެ މައްސަލަ ހައްލުކޮށްދޭ ކަމެކެވެ.
 • ސްކޮޕޯލެޓީން: މިއީ ލޭހޮޅިތައް ފުޅާކޮށްލުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރި ވެއެވެ. މިފައިޓޯކެމިކަލް އަކީ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވެސް ހުންނަ މާއްދާ އެކެވެ. މީގައި ހުންނަ ތަދުކެނޑުވުމުގެ ބާރުގެ ސަބަބުން، ބޮލުގެ އެއްފަޅީގައި ރިހުން، ބޮލުގައި ރިހުން، އަދި އެލްޒެއިމާ ބަލީގެ އުދަގޫތައް ކުޑަކުރުމުގައި އެހީތެރިވެދެއެވެ. މިމާއްދާގައި ފަންގަސް އަދި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ވެސް ހުރެއެވެ. އަދި އެލާރޖީގެ ހާލަތުގައި ހިސްޓަމިންގެ މަސައްކަތް ހުއްޓުވުމުގެ ގާބިލްކަން ވެސް އެކުލެވެއެވެ.
 • ހަށިގަނޑުގެ ސަރުބީ ދަށްކުރުން: ދިރާސާއެއް ހެދުމަށް، މަހެއްވަންދެން ކޮންމެ ދުވަހަކު އަހިވައް ފަނި ބުއިމުން ފާހަގަވެފައި ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ސަރުބީގެ މިންވަރުހުރީ ދަށްވެފައެވެ. ދިރާސާކުރި ފަރާތުން އެކަންކޮށްފައިވަނީ އަމިއްލައަށް އެކަން ތަޖުރިބާ ކުރުމަށް ފަހުގައެވެ.
 • އަހިވަކުގައި ހިމެނޭ ކާނާގެ ބައިތައް: ހަވާއީ ޔުނިވަސިޓީގެ ރިޕޯޓެއް ބުނާގޮތުގައި އަހިވަކުގެ 100 ގުރާމުން ދުވާލަކަށް މީހަކަށް ބޭނުންވާ ފައިބަރުގެ 55 އިންސައްތަ ފޯރުކޮށް ދެއެވެ. މިއީ ސަރުބީ އަދި ތެޔޮ މަދު މޭވާ އެކެވެ. ޕްރޮޓީން ހިމެނެނީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 12 އިންސައްތަ އެވެ. އަހިވަކުގައި ހިމެނޭ އެހެން ބައެއް މާއްދާ ތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ބީގެ ވައްތަރުތައް، ޕޮޓޭސިއަމް، ކެލްސިއަމް، ސޯޑިއަމް، ދަގަނޑު، އަދި ވިޓަމިން އޭ ހިމެނެއެވެ.
 • އަހިވަކުގައި ތަފާތު “ޕޮލީސެކަރައިޑް” ތައް ހުރެއެވެ. އޭގެތެރޭގައި، ގެލެކްޓޯޒް، ގްލައިކޯސައިޑް، އަދި ގުލުކިޔުރޯނިކް އެސިޑް ހިމެނެއެވެ. އަދި ވަރަށް ގިނަ ފައިޓޯނިއުޓްރިއެންޓް ތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި، “ޓާރޕީނޮއިޑްސް”، “އޮކްޓޯނޮއިކް އެސިޑް”، “ރުޓިން”، ”ޔޯރސޮލިކް އެސިޑް”، “ޑެމްނަކެންތަލް”، އަދި “ކެޕްރޮއިކް އެސިޑް” ހިމެނެއެވެ. އަދި މީގެ އިތުރުން އައިރިޑޮއިޑްސް، ފެޓީ އެސިޑްތައް، ކެޓިކީން، ބީޓާ ސައިޓޯސްޓީރޯލް،
 • ސަމާލުކަމަށް: އަހިވަކުގައި ޞިއްޙީ އެތައް ފައިދާތަކެއްވި ނަމަވެސް ގިނައަދަދަކަށް އެއްފަހަރާ ބޭނުންކުރުމުން ގެއްލުންވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ބަނޑުގައިރިހުން، ބޭރަށްހިންގުން، ބަނޑުހިކުން، ވައިބޭރުވުން، މައްސަރުގައި މާގިނައިން ލޭއައުން، ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން އަހިވައް ކެއުމުގައި ސަމާލުވުން މުހިއްމެވެ.

މައުލޫމާތު:-

http://www.livestrong.com/article/19315-health-benefits-noni-fruit
http://www..3fatchicks.com/health-benefits-of-the-noni-fruit
http://www.consumerhealth.org/articles/display.cfm?ID=19990303205600
http://www.buzzle.com/articles/noni-fruit-health-benefits.html
http://www.sigmaaldrich.com/life-science/nutrition-research/
learning-center/plant-profiler/morinda-citrifolia.html
http://www.101healthyrecipes.com/health-benefits-of-fruit/
noni-fruit-facts-health-benefits-101.php
http://www.livestrong.com/article/447977-nutritional
-facts-ingredients-of-noni-juice

މިވެސް މުހިންމު