މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން

މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ބަނޑުހިކުން

މިއީ ބަލިވެއިންނަ %50 އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ. ސަބަބުތައް އާންމު ނަޒަރަކުން ބަލާއިރު، ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން، ހެލިފެލިވެއުޅުން މަދުވުން، އަދި ކާނާގައި ފައިބަރު ހިމެނޭ މިންވަރު މަދުވުމަކީ ބަނޑުހިކުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން

ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50  އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، […]

އިތުރަށް ވިދާޅުވުމަށް

މަސްތަކުގެ ނިޒާމު

މަސްތަކުގެ ނިޒާމު މަސްތަކުގެ ނިޒާމް (muscular system) އަކީ އިންސާނާ އަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލިއްޔަތު ހޯދައިދޭ ޙަޔަވީ ނިޒާމެވެ. މައިބަދަ ހުންނަ ޖަނަވާރު ތަކުގައި މަސްތަކުގެ ނިޒާމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ނާރުތަކުގެ ނިޒާމުންނެވެ. ނަމަވެސް ބައެއް ކަހަލަ މަސްތަކަކީ މިސާލަކަށް ހިތުގައިވާ މަސްތައް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތްކުރާ މަސްތަކެކެވެ. މަސް މަހަކީ އިންސާނާގެ ހަށިގަނޑުގައި ކޮންޓްރެކްޓްވުމުގެ ނުވަތަ ކުރުގެޅުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. މަހުގެ ޓިޝޫ އުފެދެނީ ތުއްތު ދަރިފުޅު އުފެދިގެން […]

އިތުރަށް ވިދާޅުވުމަށް

އަހިވައް

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ. އަހިވަކުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ހޯދިފައިވާ ގޮތުގައި އަހިވައް ފަނި ބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ […]

އިތުރަށް ވިދާޅުވުމަށް

އާފަލު

އާފަލަކީ ވެސް ޞިއްޙަތަށް ފައިދާހުރި މޭވާ އެކެވެ. އާފަލްގެ ތަފާތު ކުލަތަކާއި، ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ތަފާތު ވިޓަމިންގެ ބާވަތްތަކާއި، މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ބޭނުންތެރި މާއްދާތަކުން މުއްސަދި މޭވާ އެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ސެލަޑް ފަދަ ކާތަކެތީގައި ހިމަނައިގެން ވެސް އާފަލް ބޭނުން ކުރެއެވެ. އާފަލުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ކަށިތައް ރައްކާތެރިކުރުން: ފަރަންސޭސި ވިލާތުގެ ދިރާސާ ކުރާ ފަރާތްތައް ވަނީ އާފަލުން ފްލޭވޮނޮއިޑް އެއް ކަމުގައިވާ “ފްލޯރިޑްޒިން” […]

އިތުރަށް ވިދާޅުވުމަށް

އޮރެންޖު (ފޮނި ލުނބޯ)

ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. ފޮނި ލުނބޯގެ ތަފާތު އެތައް ވައްތަރުތަކެއް ހުރެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަބަދު ލިބޭ މިމޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ. އޮރެންޖުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރުން ރައްކާތެރިކޮށްދިނުން: […]

އިތުރަށް ވިދާޅުވުމަށް

އަންނާރު

އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާން ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ. އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ހިތުގެ ބަލިތައް: އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ […]

އިތުރަށް ވިދާޅުވުމަށް

އަނބު

އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަނބުން ލިބޭ ބައެއް ޞިއްޙީ […]

އިތުރަށް ވިދާޅުވުމަށް