ނޯޓް: މިއީ 6 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ މަހަކީ ވެސް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވެދާނެ މަހެކެވެ. ރޯދަ މަހުގައި ދިމާވާ ޞިއްޙީ މައްސަލަތަކާ އަހަރެމެންގެ ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާ ވަރަށް ގިނަ ފަހަރު ގުޅިފައި އޮންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަ މަހުގައި ދިމާވެދާނޭ ޞިއްޙީ މައްސަލަތަކާއި، އެކަންކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލާލަމާ ހިނގާށެވެ. މަތިންއެރުމާއި، މޭއެންދުން މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހުގައި ބައެއް މީހުންނަށް […]
ރޯދަމަހު ކެއުން ބަހައްޓާނޭގޮތް
ނޯޓް: މިއީ 1 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ކުރިޔަށް އޮތީ އެންމެހާ މުސްލިމުތަކުންގެ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއުން ބުއިމަށް ވެސް ބަދަލުތަކެއް ގެނުވާ ދުވަސްވަރެކެވެ. ކެއުމުގެ ވައްޓަފާޅި އާންމު މައްސަރުތަކާ މުޅިން ތަފާތު ވެދެއެވެ. އެހެން ކަމުން ރޯދަ މަހުގައި ވެސް ދުޅަހެޔޮ ގޮތެއްގައި އަޅުގަނޑުމެންގެ ކެއުން ބުއިން ބައްޓަންކޮށް، ސުފުރާ މަތީގައި އަތުރާލެވޭ ކާބޯތަކެތީގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި، ދުޅަހެޔޮ ކާބޯތަކެތި ކަމުގައި ހެދުން […]
ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް
ނޯޓް: މިއީ 29 މެއި 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ ހިފުމަކީ އޭގެ ސަބަބުން ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ. ރޯދަ ހިފުމަކީ އޭގައި ޞިއްޙީ އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަށް އަށް ހުރުމުން ހަށިގަނޑަށް ތަބީއީ ގޮތުން އަންނަ ބަދަލުތަކާއި، ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ރޯދައަށް ހުރުމަކީ […]
ކަރައިވަރު
ކަރައިވަރު(electrolytes) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ. މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަރައިވަރަކީ ލެޔާއި، ހަށިގަނޑުގެ އެހެން ދިޔަވަރުތަކުގެ ތެރޭގައި ކަރަންޓް ދަތުރުކުރުވާ މައުދަންތަކެކެވެ. ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު(cell) ތަކުގެ ތުނާލި(membrane)ން ނުވަތަ ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި […]