ބަނޑުގެ ނުވަތަ މައިދާގެ ކެންސަރު ޖެހޭތާ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު ބަލި ފަސޭހަ ވެއެވެ. ބަނޑުގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ބަނޑުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތަކުގައި “އެޑީނޯކާސިނޯމާ” އޭ ކިޔޭ ކެންސަރެވެ. ބަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް ބަނޑުގެ ކެންސަރު ޖެހޭ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ. […]
ފުރަމޭގެ ކެންސަރު
ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]
ފުއްޕާމޭގެ ކެންސަރު
ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. ފުއްޕާމޭގެ ކެންސަރުޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް ފެތުރިގެންދެއެވެ. ފުއްޕާމޭގެ ކެންސަރު ވަރަށް ފަސޭހައިން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް، އަދި ސިކުނޑި ފަދަ ގުނަވަންތަކަށް ފެތުރިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމޭގެ ކެންސަރުގެ ވައްތަރުތައް މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި […]
އަނގައިގެ ކެންސަރު
އަނގައިގެ ކެންސަރު އެންމެ ގިނައީ ދެކުނު އޭޝިޔާގައެވެ. އެއީ މިގައުމުތަކުގައި ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް ގިނަކަމަށްވާތީ އެވެ. އަނގައިގެ ކެންސަރު ފެންނަނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ، ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ. ސަބަބު ދުފުން: […]