ކިޑުނީގެ ބަލި ކިޑްނީ ބަލީގެ މައްސަލަތައް އަންނަނީ ދިވެހި މުޖުތަމަޢުގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ ވަރަށް ގިނަ ބޭފުޅުންނާއި ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ ކިޑްނީ ބަލީ (Chronic Kidney Disease / CKD) ގެ އުދަނގޫ ތަހައްމަލުކުރަމުން ގެންދާ މީހުން އުޅެއެވެ. ކޮންމެ އަހަރަކު ކިޑްނީ ބަލިތައް ޖެހިގެން އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. ކިޑްނީ ބަލީގެ އަސާސީ ފަރުވާގައި ދެވޭ ޑަޔަލިސިސް ހެދުމާއި، ކިޑްނީ ޓްރާންޕްލާންޓޭޝަން އަކީ ފަގީރު ގައުމުތަކުގައި […]
ތައިރޮއިޑް މަތިވުން – ހައިޕަތައިރޮއިޑިޒަމް
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވުން ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވު(Hyperthyroidism)މަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް (ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން) މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން […]
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން
ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް (metabolism) ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ. ތައިރޮއިޑް ގްލޭންޑް […]
ސްޓްރޯކް ޖެހުން
ސްޓްރޯކް ޖެހު(stroke)މަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ މުޅި ހަށިގަނޑުން(ހަށިގަނޑުގެ ބަޔަކުން) ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ ”ސްޓްރޯކް”(stroke) އެވެ. އަދި ބައެއް ފަހަރު މަދުން ނަމަވެސް ”ބްރެއިން އެޓޭކް”(brain attack) އޭ ވެސް ކިޔައެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބަންދުވެ، އެހިސާބަށް ލޭދިއުމަށް ހުރަސްއެޅި، އެހިސާބަށް ލިބެންޖެހޭ […]