މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. ސަބަބު މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި […]