ޞިއްޙަތު.ކޮމް: ޞިއްޙީ މައުލޫމާތުގެ ވެށި

ދުޅަހެޔޮ ދިރިއުޅުމަކަށް – ރަގަޅު ޞިއްޙީ އިރުޝާދާއި މައުލޫމާތު

“ދުޅަހެޔޮ ދިރިއުޅުމަކަށް – ރަގަޅު ޞިއްޙީ އިރުޝާދާއި މަޢުލޫމާތު” މިއީ ޞިއްޙަތު ބްލޮގްގެ ނަމުގައި އަޅުގަނޑު (ޑރ ޢަބުދުލް ޢަޒީޒު ޙަމީދު) ފެށި މިބްލޮގްގެ ޝިއާރެވެ. އަޅުގަނޑަކީ މެޑިކަލް ޑޮކްޓަރެކެވެ. ކިޔުންތެރިންނަށް ބޭނުންތެރި ރަގަޅު ޞިއްހީ މައުލޫމާތު ފޯރުކޮށްދިނުމަކީ މިބްލޮގް އުފަންވުމުގެ މައިގަނޑު އެއް މަގްޞަދެވެ. އެހެންކަމުން އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނީ ކިޔުންތެރިންނަށް ބޭނުންހުރި އެކި ބާވަތުގެ ޞިއްހީ މަޢުލޫމާތު އަޅުގަނޑު ލަޔާގަތު ތަންދިން އެންމެ މަތީ މިންގަނޑެއްގައި ތިޔަ ބޭފުޅުންނަށް ފޯރުކޮށްދެވޭތޯ އެވެ. ތިޔަބޭފުޅުންގެ ޚިޔާލާއި، ފިކުރުތަކާއި، ފާޑުކިޔުންތަކަކީ އަޅުގަނޑުގެ ކުރިއެރުމަށް އެޅޭނެ ފާލަމެއްކަމުގައި ދެކެމެވެ. އަޅުގަނޑުގެ އާބްލޮގް “ދުންފަތުން މިންޖު” ބްލޮގް 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިފަށަނީ ދިވެހި މުޖުތަމައު ދުންފަތުން މިންޖުކުރުމަށް ދުންފަތާއި މެދު ދިވެހިން ހޭލުންތެރިކުރުމުގެ ނިޔަތުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:
holhuashi@hotmail.com އަށް
އީމޭލްކުރައްވާ!

މިވެސް މުހިންމު