ނޯޓް: މިއީ 6 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ މަހަކީ ވެސް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވެދާނެ މަހެކެވެ. ރޯދަ މަހުގައި ދިމާވާ ޞިއްޙީ މައްސަލަތަކާ އަހަރެމެންގެ ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާ ވަރަށް ގިނަ ފަހަރު ގުޅިފައި އޮންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަ މަހުގައި ދިމާވެދާނޭ ޞިއްޙީ މައްސަލަތަކާއި، އެކަންކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލާލަމާ ހިނގާށެވެ. މަތިންއެރުމާއި، މޭއެންދުން މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހުގައި ބައެއް މީހުންނަށް […]
ރޯދަމަހު ކެއުން ބަހައްޓާނޭގޮތް
ނޯޓް: މިއީ 1 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ކުރިޔަށް އޮތީ އެންމެހާ މުސްލިމުތަކުންގެ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއުން ބުއިމަށް ވެސް ބަދަލުތަކެއް ގެނުވާ ދުވަސްވަރެކެވެ. ކެއުމުގެ ވައްޓަފާޅި އާންމު މައްސަރުތަކާ މުޅިން ތަފާތު ވެދެއެވެ. އެހެން ކަމުން ރޯދަ މަހުގައި ވެސް ދުޅަހެޔޮ ގޮތެއްގައި އަޅުގަނޑުމެންގެ ކެއުން ބުއިން ބައްޓަންކޮށް، ސުފުރާ މަތީގައި އަތުރާލެވޭ ކާބޯތަކެތީގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި، ދުޅަހެޔޮ ކާބޯތަކެތި ކަމުގައި ހެދުން […]
ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް
ނޯޓް: މިއީ 29 މެއި 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ ހިފުމަކީ އޭގެ ސަބަބުން ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ. ރޯދަ ހިފުމަކީ އޭގައި ޞިއްޙީ އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަށް އަށް ހުރުމުން ހަށިގަނޑަށް ތަބީއީ ގޮތުން އަންނަ ބަދަލުތަކާއި، ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ރޯދައަށް ހުރުމަކީ […]
ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް
ނޯޓް: 2 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ މަހުގައި އެހެން މަސްތަކާ ޚިލާފަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެވެއެވެ. ކޮންމެ ކަހަލަ ކާބޯއެއްޗެއް ރޯދަމަހު ތައްޔާރުކުރި ނަމަވެސް ޞިއްޙަތަށް ފައިދާހުރި ގޮތަކަށް އެއެއްޗެއް ތައްޔާރުކުރެވޭތޯ ބެލުން މުހިއްމެވެ. ހަމައެހެންމެ ބައެއް ކަހަލަ ކާބޯތަކެއްޗާއި، ދުރުހެލިވުމަކީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރޯދަމަހުގެ ކެއުން ބުއިމުގައި ދުރުހެލިވާންޖެހޭ ކާބޯތީގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ. އަހަރެމެންގެ […]
ރޯދަމަހު ކަސްރަތުކުރުމާއި، ކުޅިވަރުކުޅުން
ނޯޓް: 1 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރެކެވެ. ނަމަވެސް ރޯދަ މަހުގައި ވެސް އަހަރެމެންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކަސްރަތުކޮށް، އެކި ކުޅިވަރުތައް ކުޅެ އުޅުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަމެވެ. ރޯދަމަހަކީ ގިނައިރު ތަކެއް ވަންދެން ނުކައި ހައިބަނޑާ ރޯދަށް ހުންނަ ދުވަސްވަރަކަށް ވުމުން، ރޯދަ މަހުގެ ތެރޭގައި ކަސްރަތުކުރުމާއި، ކުޅިވަރުކުޅެ ހެދުމުގައި ސަމާލުވާންޖެހޭ ކަންކަމަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި […]
ރޯދަ މަސް: ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް
ނޯޓް: 31 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަހަކީ އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ނުކައި ރޯދައަށް ހުންނަ ހުރުމަކީ ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާއި، އަހަރެމެންގެ ކިބައިގައި އަށަގެންފައި ހުންނަ ދުންފަތު އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މާގިނައިން އެނާޖީ ޑްރިންކްސް ބޭނުންކުރުން ފަދަ ޞިއްޙީގޮތުން އެހާ ރަނގަޅު ނޫން އާދަތައް ބަދަލުކޮށްލުމަށް ލިބިގެންދާ ފުރުޞަތެކެވެ. ރޯދައަށް ހުންނަ […]
ކުޑަކުދިން ރޯދަޔަށް ބައިތިއްބާއިރު ސަމާލުވާންޖެހޭ ކަންތައްތައް
ނޯޓް: 29 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. އަލަށް ރޯދަ ހިފުމަކީ ކުޑަކުދިންނަށް ވަރަށް ތަފާތު އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. ބައެއް ކުދިންނަށް ފުރަތަމަ ދުވަހު ނޫނީ ފުރަތަމަ ދެތިން ދުވަހު އެއްކޮށް އެއްޗެއް ނުކައި ރޯދައަށް ހުރުމަކީ ދަތިކަމަކަށް ވެސް ވުން އެކަށީގެންވެއެވެ. އެހެންކަމުން ކުޑަކުއްޖަކު އަލަށް ރޯދައަށް ބަހައްޓަން ފެށުމުގެ ކުރިން އެކަމަށް ދުރާލާއި ހާނުވައި ތައްޔާރުކުރުވުން މުހިއްމެވެ. ރޯދައަށް ހުރުމަށް ކުޑަކުދިން ތައްޔާރުކުރުމުގެ ގޮތުން ރޯދަ މަސް ފެށުމުގެ […]
ހާރުދަމު ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟
ނޯޓް: 28 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަސް ހެޔޮ ގޮތުގައި ބޭނުން ހިފުމަށް ރޯދަމަހު ކެއުން ބުއިމަކީ ވެސް ފައިދާހުރި ގޮތެއްގައި ބައްޓަންކުރެވިފައިވާ ކަމަކަށް ވާންޖެހެއެވެ. ރޯދަމަހުގެ ކެއުންބުއިމުގެ ތެރެއިން އެންމެ ސަމާލުވާންޖެހޭ އެއް ކަމަކީ ހާރުދަމުގެ ކެއުން ރަނގަޅު ގޮތަކަށް ތައްޔާރުކޮށް ކުރިޔަށް ގެންދިއުމެވެ. ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުމެވެ. ހާރު ދަމުގެ ކެއުމަކީ ލުއިކެއުމަކަށް ހަދާށެވެ. ހާރުދަމުގެ ކެއުމުގައި ކާބޯހައިޑްރޭޓް ޕްރޮޓީން، ފައިބަރު އެކުލެވޭ […]
ރޯދަ ވީއްލުމުގައި ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟
ނޯޓް: 27 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. އެންމެ އިސްކަމެއް ދޭންޖެހޭނީ ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށެވެ. ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވޭނީ ރޯދަ މަހުގެ ކެއުން ބުއިން ވެސް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރެވިގެންނެވެ. ރޯދަ މަހުގެ ރޯދަ ވީއްލާ ވަގުތަކީ ވެސް ދުޅަހެޔޮ ގޮތެއްގައި ތައްޔާރުކުރެވިފައިވާ ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރެވޭ ވަގުތަކަށް ހަދަންޖެހެއެވެ. އެގޮތުން ރޯދަ ވީއްލުމަށް ބޭނުންކުރަން […]