މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]
އެޕެންޑިކްސް ދުޅަވުން
އެޕެންޑިކްސް އަކީ ކޮބާ؟ އެޕެންޑިކްސް އަކީ ކުޑަގޮހޮރާއި ބޮޑު ގޮހޮރު ގުޅުވުމައިދޭ “ސީކަމް” ގެ ފަހަތުން ހަށިގަނޑުގެ މެދާ ގާތްވީ ފަރާތުގައި އިލިއޯސީކަލް ވޭޅް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައިވާ އިންނަ ވަރަށް ހަނި ފަންޏެއްފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނާނީ ގާތްގަނޑަކަށް 74 އިންސައްތަ މީހުންގެ އެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 […]
ބަނޑުގެ ކެންސަރު
ބަނޑުގެ ނުވަތަ މައިދާގެ ކެންސަރު ޖެހޭތާ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު ބަލި ފަސޭހަ ވެއެވެ. ބަނޑުގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ބަނޑުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތަކުގައި “އެޑީނޯކާސިނޯމާ” އޭ ކިޔޭ ކެންސަރެވެ. ބަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް ބަނޑުގެ ކެންސަރު ޖެހޭ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ. […]
ފުރަމޭގެ ކެންސަރު
ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]
ފުއްޕާމޭގެ ކެންސަރު
ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. ފުއްޕާމޭގެ ކެންސަރުޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް ފެތުރިގެންދެއެވެ. ފުއްޕާމޭގެ ކެންސަރު ވަރަށް ފަސޭހައިން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް، އަދި ސިކުނޑި ފަދަ ގުނަވަންތަކަށް ފެތުރިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމޭގެ ކެންސަރުގެ ވައްތަރުތައް މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި […]
ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ. ބުޅަލުގެ ފުށުން އިންސާނުންނަށް ޖެހެނީ ވަރަށް މަދު ބަލިތަކެކެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރިކުރުވަނީ އެންމެ ދެބަލީގެ ސަބަބުންނެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށްއަރާ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ބުޅަލުގެ ޒަރީޢާއިން ބަލިފެތުރިދާނެ ގޮތްތައް […]
ކިޑުނީގެ ބަލިތައް
ކިޑުނީގެ ބަލި ކިޑްނީ ބަލީގެ މައްސަލަތައް އަންނަނީ ދިވެހި މުޖުތަމަޢުގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ ވަރަށް ގިނަ ބޭފުޅުންނާއި ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ ކިޑްނީ ބަލީ (Chronic Kidney Disease / CKD) ގެ އުދަނގޫ ތަހައްމަލުކުރަމުން ގެންދާ މީހުން އުޅެއެވެ. ކޮންމެ އަހަރަކު ކިޑްނީ ބަލިތައް ޖެހިގެން އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. ކިޑްނީ ބަލީގެ އަސާސީ ފަރުވާގައި ދެވޭ ޑަޔަލިސިސް ހެދުމާއި، ކިޑްނީ ޓްރާންޕްލާންޓޭޝަން އަކީ ފަގީރު ގައުމުތަކުގައި […]
ޗިކުންގުންޔާ
ތަޢާރަފް ޗިކުންގުންޔާ (Chikungunya) އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. ޗިކުންގުންޔާ އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ހުމެއްކަމުން މިއީ ވެސް އެބައްޔަކާއި ވިސްނައި ފަރުވާތެރިވާންޖެހޭ ބައްޔެކެވެ. 2006 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި އާދަޔާ ޚިލާފަށް ޗިކުންގުންޔާ ފެތުރިގެންދިޔަކަން ފާހަގަ ކުރެވުނެވެ. ޗިކުންގުންޔާ އަކީ އެބަލި ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސާ ބައްޔަކަށް […]