މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]
މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް
މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]
މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން
މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ […]
މާބަނޑުދުވަސްވަރު އައްސިވުން
މާބަނޑު ދުވަސްވަރު – އަތްތިލައާއި، އިނގިލިތައް އައްސިވުން ބަލިވެއިންނަ %70 އަންހެނުންނަށް ދެއަތްތިލައާއި، އިނގިލިތައް އައްސިވުން މާބަނޑުވުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި ކުރިމަތިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް މިކަން ކުރިމަތިވަނީ ބަލިވެއިނުމަށްފަހު، އެންމެ ފަހު6 މަހުގެ ތެރޭގައި ޚާއްޞަކޮށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް އަތްފައި ފޮއްސިވާން ފެށުމަށްފަހުގައެވެ. ސަބަބު މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކަށް ތަދުވެ، ކަށިހަރާހެންހީވެ، އައްސިވުން ކުރިމަތިވަނީ ”ކާޕަލް ޓަނެލް ސިންޑްރޯމް”(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ”ކާރޕަލް ޓަނެލް” […]
މާބަނޑު ދުވަސްވަރު – ވަރުބަލިވުން
މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ބައެއް އަންހެނުންނަށް މާބަނޑުވާ ހިސާބުން ފެށިގެން ގޮސް، ވިހަންދެން ވެސް ވަރުބަލިކަން އިހުސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. އެކި މީހުންނަށް ވަރުބަލިކަން އިހުސާސްވާވަރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ހުރުމަށްފަހު، ދެވަނަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ކުޑަވެ، ފިލައިދާގޮތްވެއެވެ. ނަމަވެސް އަނެއްކާވެސް ފަހު 3 މަހުގެ ތެރޭގައި ވަރުބަލިކަން އިތުރުވާގޮތް […]
މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން
ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، […]