އަހިވައް

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ. އަހިވަކުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ހޯދިފައިވާ ގޮތުގައި އަހިވައް ފަނި ބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ […]

އިތުރަށް ވިދާޅުވުމަށް

އެނބޫ

އެނބޫ އަކީ ކުޑަވަރެއްގެ ހުތް މޭވާ އެކެވެ. ދޮންވީމާ ރީނދޫ ކުލައިގައި ހުންނަ މިމޭވާގެ އޮށް ވަރަށް ބޮޑުވާނެ އެވެ. މީގައި އާންމުކޮށް ކައިއުޅެނީ، އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ. އެނބޫ އިން ލިބޭ ބައެއް  ޞިއްޙީ ފައިދާތައް އެނބޫ އަކީ […]

އިތުރަށް ވިދާޅުވުމަށް

އަލީބޮޚާރީ

އަލީބޮޚާރީ އަކީ ކުންނާރަށްވުރެ ތަންކޮޅެއް ބޮޑު ފޮނި މޭވާ އެކެވެ. މީގެ އޮށުތެރޭގައި ބަދަނެއް ކަހަލަ އޮށެއް އޮންނާނެ އެވެ. މިގިނައިން ގެންގުޅެނީ ހިއްކައިގެންނެވެ. ރާގުންޑާ އަށް ވެސް މިހެން ކިޔައެވެ. މިގަހުގެ މޭވާ، މޫ، ފަތް، ތޮށި، ވެސް ބޭނުންކުރެއެވެ. އަލީބޮޚާރީ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: އަލީބޮޚާރީގެ އޮށުން، ސައިންސްވެރިން ވަނީ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރާ ދެމާއްދާއެއް ހޯދާފައެވެ. އެއީ “އަލްފާ އަމައިރިން”(Alpha-Amyrin) އަދި”5-ޑިރިމެނޮސައިޑް”(5-Dirhaminoside) އެވެ. އަލީބޮޚާރީގެ […]

އިތުރަށް ވިދާޅުވުމަށް

އާފަލު

އާފަލަކީ ވެސް ޞިއްޙަތަށް ފައިދާހުރި މޭވާ އެކެވެ. އާފަލްގެ ތަފާތު ކުލަތަކާއި، ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ތަފާތު ވިޓަމިންގެ ބާވަތްތަކާއި، މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ބޭނުންތެރި މާއްދާތަކުން މުއްސަދި މޭވާ އެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ސެލަޑް ފަދަ ކާތަކެތީގައި ހިމަނައިގެން ވެސް އާފަލް ބޭނުން ކުރެއެވެ. އާފަލުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ކަށިތައް ރައްކާތެރިކުރުން: ފަރަންސޭސި ވިލާތުގެ ދިރާސާ ކުރާ ފަރާތްތައް ވަނީ އާފަލުން ފްލޭވޮނޮއިޑް އެއް ކަމުގައިވާ “ފްލޯރިޑްޒިން” […]

އިތުރަށް ވިދާޅުވުމަށް

އޮރެންޖު (ފޮނި ލުނބޯ)

ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. ފޮނި ލުނބޯގެ ތަފާތު އެތައް ވައްތަރުތަކެއް ހުރެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަބަދު ލިބޭ މިމޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ. އޮރެންޖުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރުން ރައްކާތެރިކޮށްދިނުން: […]

އިތުރަށް ވިދާޅުވުމަށް

އަންނާރު

އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާން ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ. އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ހިތުގެ ބަލިތައް: އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ […]

އިތުރަށް ވިދާޅުވުމަށް

އަނބު

އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަނބުން ލިބޭ ބައެއް ޞިއްޙީ […]

އިތުރަށް ވިދާޅުވުމަށް

އެވޮކާޑޯ

އެވޮކާޑޯ އަކީ މީރު މޭވާ އެކެވެ. އެވޮކާޑޯގެ ބޭރު ތޮށިގަނޑު ކަޅުފެހި އަދި ގަދަފެހި ކުލައިގައި ވެސް ހުރެއެވެ. މިއީ ރޯކޮށް ހުއްޓައި މޭވާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑް ހަދައިގެންނާއި، ތަފާތު ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާތަކެތީގެ ތެރޭގައި ގުނާލެވޭ، އެވޮކާޑޯ އަކީ، ތަފާތު 25 ވައްތަރެއްގެ ކާނާގެ ބައިތައް އެކުލެވޭ މޭވާ އެކެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ވިޓަމިންގެ ބައިތަކާއި، މަޢުދަންތައް އަދި އެނޫން މާއްދާތައް ވެސް […]

އިތުރަށް ވިދާޅުވުމަށް