މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]
މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް
މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]
މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން
ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، […]
ތައިރޮއިޑް ގްލޭންޑް
ތައިރޮއިޑް ގްލޭންޑް (Thyroid gland) އަކީ އިންސާނާގެ ހަށިގަނޑުގައިވާ ހޯރމޯން އުފައްދައި ދޫކުރާ ގްލޭންޑް ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑް އެވެ. މިއީ ވެސް ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް ހުންނަނީ މައިބަދައިގައި ކަރުގެ ހިސާބުގައިވާ ކަށިތަކުގެ 5،6،7 ވަނަ ކަށިކޮޅާއި އަދި މޭމައްޗާއިވީ ދިމާލުގެ މައިބަދައިގެ ފުރަތަމަ ކަށިކޮޅާއި ދިމާ އެއްހަމައެއްގައެވެ. ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިން ބޮޑުމީހެއްގެ ތައިރޮއިޑް ގްލޭންޑްގެ ބަރުދަނުގައި ގާތްގަނޑަކަށް 30-20 ގްރާމްގެ […]
އޮރެންޖު (ފޮނި ލުނބޯ)
ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. ފޮނި ލުނބޯގެ ތަފާތު އެތައް ވައްތަރުތަކެއް ހުރެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަބަދު ލިބޭ މިމޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ. އޮރެންޖުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރުން ރައްކާތެރިކޮށްދިނުން: […]
އަލަނާސި
އަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ. އަލަނާސި އިން ލިބޭ ޞިއްޙީ ފައިދާތައް ބްރޯމެލައިން: އަލަނާސީގައި “ބްރޯމެލައިން” (Bromelain) ކިޔާ ޕްރޮޓީން ވަކިކޮށް ބައިބައިކުރާ ވަރަށް މުހިއްމު އެންޒައިމެއް ހުރެއެވެ. ބްރޯމެލައިން އަކީ ހަށިގަނޑުގެ ދުޅަތިރިކޮށްދީ، ކަރުތެރެ ހަލާކުވުމާއި، ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދޭ […]
ޞިއްޙަތު.ކޮމް: ޞިއްޙީ މައުލޫމާތުގެ ވެށި
ދުޅަހެޔޮ ދިރިއުޅުމަކަށް – ރަގަޅު ޞިއްޙީ އިރުޝާދާއި މައުލޫމާތު “ދުޅަހެޔޮ ދިރިއުޅުމަކަށް – ރަގަޅު ޞިއްޙީ އިރުޝާދާއި މަޢުލޫމާތު” މިއީ ޞިއްޙަތު ބްލޮގްގެ ނަމުގައި އަޅުގަނޑު (ޑރ ޢަބުދުލް ޢަޒީޒު ޙަމީދު) ފެށި މިބްލޮގްގެ ޝިއާރެވެ. އަޅުގަނޑަކީ މެޑިކަލް ޑޮކްޓަރެކެވެ. ކިޔުންތެރިންނަށް ބޭނުންތެރި ރަގަޅު ޞިއްހީ މައުލޫމާތު ފޯރުކޮށްދިނުމަކީ މިބްލޮގް އުފަންވުމުގެ މައިގަނޑު އެއް މަގްޞަދެވެ. އެހެންކަމުން އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނީ ކިޔުންތެރިންނަށް ބޭނުންހުރި އެކި ބާވަތުގެ ޞިއްހީ މަޢުލޫމާތު އަޅުގަނޑު ލަޔާގަތު ތަންދިން އެންމެ މަތީ […]